logo

އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ތަމްރީނުދީފި

profile

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 04:22

އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ސްޓެލްކޯ އިން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

https://wamco.com.mv/

މި ތަމްރީނު ޕްރޮގްރާމަކީ މަޝްރޫޢުތައް ހިންގުމުގައި ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމުގެ އިތުރުން، މަޝްރޫޢުތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫޢުތަކުން ލިބިފައިވާ ތަޖުރިބާތަކާއި ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤްޞަދަކީ މަސައްކަތް ހިނގާ ސައިޓުތައް މޮނިޓަރކުރުން ހަރުދަނާކުރުމާއި، ދައުލަތުގެ ފައިސާ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކޮށް، ފައިސާ އާއި ވަސީލަތްތައް ރައްކާތެރިކުރުމެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހައިބްރިޑް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

މިފަދަ ތަމްރީނުތަކުގެ ސަބަބުން ސްޓެލްގެ އަތޮޅުތެރޭގައި ހިންގާ މަޝްރޫޢުތައް އިތުރަށް ހަރުދަނާވެ، ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ގާތުން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ދެކެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay