
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
މިއަދު ކުރިއަށްދާ 3 އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ: ރައީސް ސޯލިހް

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 08:50
މިއަދު ކުރިއަށްދާ 3 އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ޖަމާލުއްދީން ސްކޫލްގައި ހުރި ފޮއްޓަށް ލެއްވުމަށް ފަހު މީޑިއާތަކާއި މުހާތަބުކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އިން ބޮޑުތަނުން އިންތިހާބުތައް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓު ކައުންސިލް އިންތިހާބާ އެއްކޮށްލުމަކީ ވަރަށް ދެރަކޮށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ
އެކަމަކު މިއަދު އޮންނަ ތިން ވޯޓުން ވެސް އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްގެ ވޯޓްލުން ފެށުނީ މިއަދު ހެނދުނު 8 ޖެހިއިރުއެވެ. ވޯޓްލުން ނިމޭނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި
7 ގަޑިއިރު ކުރިން

ސިޓީތަކުގެ މޭޔަރުގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި
9 ގަޑިއިރު ކުރިން

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ
9 ގަޑިއިރު ކުރިން

ކެންދޫގައި ކުރިއަށްދިޔަ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ނިންމާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)