logo

ރ ދުވާފަރުގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 28 އޭޕްރީލު 2026 - 18:22

ރ. ދުވާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޒަހަމްވި މީހާއަށް މިހާރު އެރަށު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/

މިއަދު ސ ހުޅުދޫގައިވެސް ވަނީ މީހަކު ޒަހަމްކޮށްލާފައެވެ. އެކަން ހިނގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރޭގައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި އެމީހާއަށްވެސް އަންނަނީ ފަރުވާ ދެމުންނެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk