logo

ފިސަރީޒް މިނިސްޓްރީން ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 17 ޖުލައި 2026 - 10:19

މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ވާރލްޑް ބޭންކާ ގުޅިގެން ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

https://wamco.com.mv/

ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސްކޮލަޝިޕްތަކަކީ ފިޝަރީޒް ދާއިރާ އާއި، މެރިން ރިސަރޗް އަދި މެރިކަލްޗަރ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެކެވެ.

ފިޝަރީޒް ދާއިރާއިން އެކުއާކަލްޗަރ ނުވަތަ ފިޝަރީޒް ސައިންސް އިން ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯހަށް ހޮވޭ ފަރާތްތަކުން ތަޢުލީމު ހާސިލުކުރާނީ އޭޝިއާ ނުވަތަ ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުގައެވެ. މީގެ އިތުރުން މި ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓް އަދި މެރިޓައިމް އެފެއާޒް އިން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ކޯސްތައް ކުރިއަށްދާނީ އޭޝިއާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކާއި އޯއީސީޑީ ޤައުމުތަކުގައެވެ.

މެރިން ރިސަރޗް އަދި މެރިކަލްޗަރ ދާއިރާއަށް ބަލާއިރު، މެރިން ސައިންސް ނުވަތަ އެކުއާކަލްޗަރ އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ސަސްޓެއިނަބަލް އެކުއާކަލްޗަރ، އެކުއާކަލްޗަރ ނިއުޓްރީޝަން، އެކުއާކަލްޗަރ އިންޖިނިއަރިންގ، އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީ، އަދި މެރިން ސައިންސް އިން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތުވެސް މި ޕްރޮޖެކްޓުގެ ދަށުން ލިބިގެންދާނެއެވެ.

މީގެ އިތުރުން، އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުން މެރިން ސައިންސް އިން ބެޗްލަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރިމޯޓް ސެންސިންގ، ޖީއައިއެސް އަދި އޯޝަނޯޖްރަފީ ކިޔަވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 ޖުލައި 2026 ގެ މެންދުރު 12:00 އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު ސުވާލެއްވާނަމަ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:00 އާއި 14:00 އާ ދެމެދު 3033484 ނަންބަރަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް ފިސަރީޒް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk