logo

މާލޭއާ ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި

profile

އާމިނަތު ޝަޒްލާ - 23 މޭ 2026 - 11:33

މާލެ އާއި ހުޅުމާލޭގެ ކަރަންޓުގެ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް، މިހާރު ހުރިހާ ސަރަހައްދަކަށް އަލުން ދީ ނިމިއްޖެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އިން ބުނެފިއެވެ.

https://wamco.com.mv/

މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު މެދުކެނޑުނީ މިއަދު މެންދުރު 12:00 ހާއިރުއެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރުން ކުރި މަސައްކަތުން، ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފެށިއެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދީ ވަނީ އާންމު ހާލަތަށް ގެނެވިފައެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ހެނދުނު އިންޖީނުތައް ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk