
ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް އޮފީސް

އާމިނަތު ޝަޒްލާ - 23 މޭ 2026 - 04:04
ރާއްޖޭގެ އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓުން ވަނީ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައެވެ.
މިއަދު ހަވީރު 18:00 އާ ހަމައަށް މެޓުން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެ ކަމަށާއި، އަދި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވާއިރު، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓުގައި ހުންނާނެ ކަމަށް ވަނީ މެޓުން ލަފާކޮށްފައެވެ.
މެޓު އޮފީހުން ބުނީ ޢީދު ބަންދު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
32 މިނިޓު ކުރިން

ދިވެހި ފުލުހުންނާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު އެއްބަސްވުމެއް
33 މިނިޓު ކުރިން

މާލޭއާ ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި
2 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)