
ދިވެހި ފުލުހުންނާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު އެއްބަސްވުމެއް

އާމިނަތު ޝަޒްލާ - 23 މޭ 2026 - 13:29
ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާއެވެ.
2026 މެއި 17 އިން 21 އަށް ކޮމިޝަނަރ އޮފް ޕޮލިސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާހިލީ ސަލާމަތީ ހިދުމަތުގައި ތަޖުރިބާ ހިއްސާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
ގަޑިއިރެއް ކުރިން

މާލޭއާ ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި
3 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

ސުވަދުންމަތީ އެއްބައިވަންތަކަން ބައިބައިކުރުމަށް ދަމާލި ރޮގު ބަދަލުކުރަން ހުށަހަޅާނަން: ސައުދު
8 ގަޑިއިރު ކުރިން


.gif&w=3840&q=75)