logo

ސުވަދުންމަތީ އެއްބައިވަންތަކަން ބައިބައިކުރުމަށް ދަމާލި ރޮގު ބަދަލުކުރަން ހުށަހަޅާނަން: ސައުދު

profile

އާމިނަތު ޝަޒްލާ - 23 މޭ 2026 - 06:55

ސުވަދުންމަތީ އެއްބައިވަންތަކަން ބައިބައި ކުރުމަށް ދަމާލި ރޮނގު ބަދަލު ކުރަން ހުށަހަޅާނެ ކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރ ސައުދު މިފަދައިން ވިދާޅުވީ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

މޭޔަރ ސައުދު ވިދާޅުވީ ސުވަދުންމަތިން ފެނިގެންދިޔަ އެއްބައިވަންތަކަން ބައިބައި ކުރުމަށް 1970 ވަނަ އަހަރު، އެ ދަމާލި ރޮގުގެ ސަބަބުން މަދު ރައްޔަކުގެ ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމުން އަރައިގަނެ ލާމަރުކަޒީ ބައިވެރިވުމަށް އެރައްޔިތުންނަށް މަގުފަހިކުރަން ޖެހޭ ކަމަށެވެ. މޭޔަރ ސައުދު ވިދާޅުވީ އެ ދަމާފައިވާ ރޮގު ބަދަލުކުރަން ހުށަހަޅާނެ ކަމަށެވެ.

ސައުދު ވިދާޅު ގއ، ގދ އުވާލަން އެއްވެސް ވާހަކައެއް ދައްކަނީއެއް ނޫން ކަމަށާއި، ނަމަވެސް އަތޮޅުގެ ތެރޭގައި ސަރުކާރުން ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލެހެއްޓިގެން އުޅޭ ސަބަބަކީ އިދާރީ ގޮތުން ބައި ކުރެވިފައި އޮތް ގޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ. މަސައްކަތް މިކުރަނީ ދައުލަތުގެ އެސެޑްތައް ބެލެހެއްޓޭނެ މެކޭނިޒަމްއެއް ގާއިމްކުރުން ކަމަށާއި، މީހުން ދިރިއުޅޭ ރައްރަށުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލިއްބައިދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk