logo

ތިނަދޫ ސިޓީގައި ޒަމާނީ ސިލިޕްވޭ އެއް ހެދިގެން ދިއުމަކީ އެތައް ބައެއްްގެ އުންމީދު: ސައުދު

profile

އާމިނަތު ޝަޒްލާ - 23 މޭ 2026 - 06:55

ހުވަދުއަތޮޅުގެ މަސްވެރިންގެ ހުރި ކަންބޮޑުވުން ތަކުގެ ތެރެއިން ހޯދިދާނެ ހައްލުތައް ހޯދައި ދިނުމަށް މަސައްކަތް ކުރެވޭއިރު، އަގުބޮޑު އުޅަނދުތައް މަރާމާތުކުރުމަށް އެ ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވި ވަގުތު ސަލާމަތް ކުރުމަށް ތިނަދޫ ސިޓީގައި ޒަމާނީ ސިލިޕްވޭ އެއް ހެދިގެން ދިއުމަކީ އެތައް ބައެއްްގެ އުންމީދު ކަމަށް ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރ ސައުދު މިފަދައިން ވިދާޅުވީ ފޭސްބުކްފައި ހިއްސާކުރި ޕޯސްޓެއްގައެވެ.

މޭޔަރ ސައުދު ވިދާޅުވީ ހުވަދުއަތޮޅުގެ މަސްވެރިންގެ ހުރި ކަންބޮޑުވުން ތަކުގެ ތެރެއިން ހޯދިދާނެ ހައްލުތައް ހޯދައި ދިނުމަށް މަސައްކަތް ކުރެވޭއިރު، އަގުބޮޑު އުޅަނދުތައް މަރާމާތުކުރުމަށް އެ ކުރަންޖެހޭ ޚަރަދުތައް ކުޑަކުރެވި ވަގުތު ސަލާމަތް ކުރުމަށް ތިނަދޫ ސިޓީގައި ޒަމާނީ ސިލިޕްވޭ އެއް ހެދިގެން ދިއުމަކީ އެތައް ބައެއްްގެ އުންމީދެއް ކަމަށެވެ.

އަދި އެކަން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ގާނޫނީ އިމުގެތެރެއިން ކުރަމުން ގެންދާނެކަމުގައި ވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދު އަސްލު ޓީވީ އަށް ވިދާޅުވީ ތިނަދޫގައި ސިލިޕްވޭއެއް ހެދުމަކީ މަސްވެރިންގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި މީގެ ކުރިންވެސް އެ މަސައްކަތް ކުރެވޭތޯ މަަަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަށީގެންވާ ޕްރޮޕޯސަލްތައް ނުލިބޭ ކަމަށެވެ. ނަމަވެސް މިހާރު އިސްޓްރެސްޓެޑް ޕާޓީސްތައް ގިނަ ކަމަށާއި އެހެންކަމުން އެންމެނަށް ވެސް ހަސޭހަވާނެހެން ޒަމާނީ ފެންވަރުގެ ސިލިޕްވޭއެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ސައުދު ވިދާޅުވެފައެވެ.

ހުވަދު އަތޮޅުގައި ފުދޭވަރަކަށް މަސްވެރި ދޯނިފަހަރުތަކާއި ލޯންޗްތައް ހަރަކާތްތެރިވާ އަތޮޅަކަށްވާއިރު، އެ އުޅަނދު ފަހަރުތައް ހެދުމަށް މާލެ ސަރަހައްދަށް އަންނަންޖެހޭ ކަމަށާއި، ފުދޭ ވަރަކަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށާއި އެހެންކަމުން ހަރަދު ކުޑަ މެކޭނިޒަމްއެއް ގާއިމްވެގެން ދިޔުމަކީ އެއީ މަސްވެރިންގެ ކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވަނީ ސައުދު ވިދާޅުވެފައެވެ،

ސައުދު ވިދާޅުވީ އެންމެ ބޮޑު މަސައްކަތަކަށްވާނީ ޕޮޓެންޝަލް ކޮންޓެކްޓަރުން ހޯދައިގެން އެ ފަރާތްތައް މެދުވެރިކޮށް ޑިވްލޮޕްވެގެން ޙިދުމަތައް ނެރުން ކަމަށެވެ. ކާރުބާރުބޮޑު ބަނދަރެއް އޮންނަ ތިނަދޫގައި އެކަހަލަ ހިދުމަތެއް ފެށިގެން ދިޔުމަކީ މުޅި ހުވަދޫ އަތޮޅަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަނީ ސައުދު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk