
ގާލްގައިޑުންނަށް ޓީމް ބިލްޑިން ހަރަކާތްތަކެއް!

ރިޟްވާން މޫސާ - 03 މޭ 2026 - 08:02
ސުކޫލުތަކުގައި ހަރަކާތްތެރިވާ ގާލްގައިޑް ލީޑަރުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ސެޝަނަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ފުލުހުންނާއި ސުކޫލުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި މެއި މަހުގެ 2 ވަނަ ދުވަހު ކ. ހުރާގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ގާލްގައިޑް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގައި، ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތްތަކާއި ލީޑަރުން ގެންގުޅެންޖެހޭ އުސޫލުތަކާއި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ލީޑަރޝިޕް ހުނަރުތައް ދެމެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތަކާއި ލީޑަރެއްގެ ޒިންމާތަކާއި، ކޮލިޓީ ލީޑަރެއްގެ ދަށުގައި މަސައްކަތް ކުރުމަށް ފަސޭހަވާނެ ގޮތްތައް ދަސްވެގެންދާނެ ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ލީޑަރެއްގެ ގޮތުގައި ކުރެވިދާނެ ކަންކަމާއި ޒިންމާ އަދާކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށްގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ ގޮތުން އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެގޮތާއި އެކި ކަންކަމުގައި މުއާމަލާތުކުރާނެ ގޮތް ދަސްކޮށްދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ ހަފްތާގައި ބައި މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފި
30 މިނިޓު ކުރިން

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ގަޑިއިރެއް ކުރިން

އަތޮޅު ކައުންސިލް އިއާދަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
20 ގަޑިއިރު ކުރިން

އެންސްޕާގެ ސީއީއޯ އަކަށް ސްޓޭޓް މިނިސްޓަރު ޝިރުނާ ހަމަޖައްސަވައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)