
ރަސްމާލެ މަޝްރޫއުގައި ސައިޓް އޭ އިން 23 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ފަޟްލޫން - 18 ޑިސެމްބަރު 2025 - 08:07
ރަސްމާލެ މަޝްރޫއުގެ ދަށުން، ސައިޓް އޭގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން މިހާތަނަށް 23 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ރަސްމާލެ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް ތިން ގުނަކުރެއްވުމަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ގެނެސްފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ސައިޓް އޭގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެން 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް އޮންނަ ޖާން ޑި ނަލް އިންނެވެ.
ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ރަސްމާލެ ވެގެންދާނީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއު ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަެވެ.
ރަސްމާލޭގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި
2 ގަޑިއިރު ކުރިން

އެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
2 ގަޑިއިރު ކުރިން

ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
6 ގަޑިއިރު ކުރިން

އާއަހަރު ފެސްޓިވަލް އިން ސްޓޯލްދޫކުރަން ފަށައިފި
6 ގަޑިއިރު ކުރިން


