logo

ފުވައްމުލަކު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

profile

އައިޝަތު އިނާޝާ - 19 ޑިސެމްބަރު 2025 - 17:49

10 މީހުންނާއެކު ފުވައްމުލަކު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ ފުވައްމަލައް ސިޓީއިން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު މިއަދުގެ 15:50 ހާއިރު ލިބުނުކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީގެ ޕޮލިހަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗްގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އޭގެ ތެރޭގައި ހަތް އަންހެނުންނާއި ކުޑަކުއްޖެއް ހިމެނެއެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނިގޮތުގައި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މީހަރު ވަނީ ފުވައްމުލަކަށް ގެނެސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay