
އެޒޭ ޓޮޓެންހަމް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ..
އެޒޭގެ ހެޓްރިކާއެކު ޓޮޓެންހަމް ބަލިކޮށް އާސެނަލް އިން ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން - 23 ނޮވެމްބަރު 2025 - 19:51
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޓޮޓެންހަމް އިން އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމް އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި ދެވަނަ ހާފުގައި އާސެނަލް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޓޮޓެންހަމް އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު އެބެރިޗީ އެޒޭ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ. މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު އެޓީމުގެ ބްރެޒިލް ފޯވާޑް ރިޗާލްސަން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާސެނަލްގެ އެޒޭ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން އާސެނަލްއަށް 29 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ދެވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮޓެންހަމް އިން މެޑިސަން ސޮއިކޮށްފި
2 އަހަރު ކުރިން

މިކަހަލަ ޕެނަލްޓީއެއް ދިންތަނެއް އަދި ޙަޔާތުގައިވެސް ނުދެކެން - އާސެނަލްގެ ކޯޗް އާޓެޓާ
އަހަރެއް ކުރިން

ބާކީ ހަތަރު މެޗު އޮއްވައި ލިވަޕޫލުން ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފި
7 މަސް ކުރިން

ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި
7 މަސް ކުރިން


