ރާއްޖޭގެ ސަރައްދުގައި ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިވާން, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާންގައި ވަނީ ރާއްޖޭގެ ސަރައްދުގައި ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިވުމުގެ ފިޔަފަޅުތަށް އެޅުމަށެވެ.
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާ އެއްކޮށް ރާއްޖޭގެ ވައި ވަނީ ނުސާފުވެފައެވެ.
ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުވެލައްވާ! pic.twitter.com/oHbbitCxIv
— Health Protection Agency (@HPA_MV) December 3, 2024
ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން ވިލިމާލޭގައި އުޅެނީ 94ގައެވެ. މާލެއަށް 82ގައި އުޅޭއިރު، ށ.ފުނަދޫއަށް އުޅެނީ 55ގައެވެ.
މި މިންގަނޑުތަކަށް ބަލާއިރު، ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށް އެޗްޕީއޭގެ ވައި ނުސާފުވާ ރޭންޖުތަކުން ދައްކައެވެ. އަދި، އެ މިންގަނޑުގެ ތެރޭގައި ވައިގެ ނުސާފުކަން ހުރިނަމަ، އެއިން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ.