logo

ގެއްލިގެން ހޯދަމުން ދިޔަ ޝާހީން ފެނިއްޖެ

profile

ޒިދާން މުޙައްމަދު - 11 ނޮވެމްބަރު 2024 - 21:30

ގެއްލިގެން ހޯދަމުން ދިޔަ އަޙްމަދު ޝާހީން ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ރ. މާކުރަތު / ތިންތަރިއަށް ނިސްބަތްވާ އަޙްމަދު ޝާހީން 21އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޝާހީން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ފެނުނީ މާލޭ ސިޓީން ކަމަށެވެ.

އޭނާ ގެއްލިގެން ހޯދަމުންދާކަން ހާމަކޮށް ފުލުހުންގެ ޚިދުމަތުން ބުނެފައިވާ އަޙްމަދު ޝާހީންގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

މީގެ ކުރިން ފުވައްމުލައް ސިޓީން ވެސް ކުއްޖަކު ގެއްލިގެން ވަނީ ހޯދާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ 4 އަހަރުގެ ކުއްޖާ ވަނީ ފެނިފައެވެ.

އިއްޔ ހަވީރު 5:30 އިން ފެށިގެން ހޯދަމުންދިޔައީ އިޒްޔާން ހުޝާމް ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

އަސްލުޓީވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި އިޒްޔާން ބޭރަށް ނުކުތީ އާއިލާގެ ބަޔަކާއެކު ކުޅެންކަމަށާއި، ނަމަވެސް އޭގެފަހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށެވެ.

ފުލުހުންބުނީ މިހާރު އިޒްޔާން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށެވެ.

https://wamco.com.mv/
tel:+9607331319