
ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
ރައީސް މުއިއްޒު އަކީ އޯގާތެރި ވެރިއެއް: މެމްބަރު އަބްދުއްސައްތާރު

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 06:03
ރައީސް ޑރ މުހައްމަދު މުއިއްޒު އަކީ އޯގާތެރި ވެރިއެއްކަން ރައްޔިތުންނަށް އެނގޭ ކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންގެ ގާތަށް ގިނަގިނައިން ވަޑައިގަންނަވަނީ އެމަނިކުފާނުގެ އޯގާތެރިކަމުން ކަމަށެވެ.
ރައްޔިތުންގެ ގާތަށް ރައީސް ވަޑައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަނީ އޯގާތެރިކަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވައުދުވެ ވަޑައިގެން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ވަޒީފާތަކުން ސަރުކާރުގެ މުވައްޒަފުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އޮތް މިންވަރު ބޮޑުކަމުން މިހާރުވެސް އެމްޑީޕީއަށް ނިސްބަތްވާ މީހުން ވަޒީފާތަކުގައި ތިބެގެން ފިތުނަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މަސައްކަތް ނުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން ކަނޑާލަން މިސަރުކާރަށް ތާއީދު ކުރާ މިސަރުކާރުގެ ސިޔާސީ ފަރާތްތަކުން ބުނަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މަސައްކަތްތަކާއި ކުންފުނިތައް އޮޑިޓް ކުރަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެނޭޖެމެންޓް އޮޑިޓް ހެދުމަށްފަހު އެތަނަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުވައްޒަފުން ތިބިކަމަށްވާނަމަ، ނާގާބިލު މީހުން ތިބިނަމަ އެބަޔަކު ވަކިކުރަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން ތަފާތު ކުށްތައްކޮށްގެން ވަޒީފާގެ ހިޔަލުގައި އަނބިދަރިންނަށް ކާންދޭނެ ގޮތެއް ނެތް ކަމަށް ބުނެ ވަޒީފާ އަދާކުރަމުންދާނަމަ އެކަމުގެ ކުށުގެ ރިކޯޑް ސާފުކޮށް އެފަދަ މީހުންވެސް ވަޒީފާތަކުން ވަކި ކުރަންޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިސަރުކާރުން ވަޒީފާތަކުން މީހުން ވަކި ކުރަމުންދަނީ އުސޫލާއި ހަމައިގެ ތެރެއިން ކަމަަށް މެމްބަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
3 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި
3 ގަޑިއިރު ކުރިން

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި
6 ގަޑިއިރު ކުރިން

ދިވެހި ފާމަސިސްޓުން ތަމްރީން ކުރަން އެމްއެންޔޫ އާއި ސްޓޭޓް ފާމަރ އިން މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)