
މިއުޅެނީކީ ޓިކްޓޮކް ކުޅޭކަށެއްނޫން! ޑޮލަރުގެ އަގު 17 އަށް ތިރިކުރަން: ރައީސް ނަޝީދު

ރިޟްވާން މޫސާ - 13 އޯގަސްޓު 2026 - 11:37
ބޭރުފައިސާ ލިބުން ދަތިވެ ޑޮލަރުގެ އަގު އުފުލެމުންދިއުމާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން މިރޭ މާލޭގައި "ދަތިވެއްޖެ" މި ނަމުގައި ބޮޑު މުޒާހަރާ އެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީން ވަނީ މީގެ މަހެއްހައި ދުވަސް ކުރިއަށް މި މުޒާހަރާ ބާއްވާނެ ކަމަށް އެކި ދުވަސްތަކުގެ މަތިންވެސް އިއުލާނު ކުރައްވާފަ އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ އިއްޔެ އެޕާޓީގެ ރަސްމީ އޮފީހުގަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން މިއުޅެނީ ޓިކްޓޮކް ކުޅެން ނޫން ކަމަށާއި، އެޕާޓީން ސަރުކާރަށް ގޮވާލަނީ ޑޮލަރުގެ އަގު ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި 19ރ އަށް އަދި ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި 17ރ އަށް ތިރިކުރުމަށް ގޮވާލާ ކަމަށެވެ.
ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެޕާޓީން ރައްޔިތުންގެ އެންމެހައި ކަންކަމުގައި ކަންބޮޑުވުން އެބައޮތް ކަމަށާއި، އެމްޑީޕީ ކުރިއަށްދާނީ ރައްޔިތުންނާއެކު ރައްޔިތުންނަށް ހަމަ މަގު ހޯދައިދިނުމުގައި ކަމަށެވެ.
"ދަތިވެއްޖެ" މުޒާހަރާ ބާއްވަން ނިންމާފައިވަނީ މިރޭ 20:30 ގައި މާފަންނު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ.
މިރޭގެ މި މުޒާހަރާ މަޖީދީމަގުގައި ބޭއްވިޔަ ނުދިނުމަށް ހޯމް މިނިސްޓަރ ދެއްކެވި ވާހަކަތަކަށް ވެސް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ފުލުހުންނާއި، ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް އުދަނގޫވާނެ ފަދަ އެއްވެސް ގޮތަކަށް އެމްޑީޕީން ކަންކަން ނުކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުން ފަށައިފި، ކުރިއަށްދާން ފުލުހުން ހުރަސްއަޅަނީ
ގަޑިއިރެއް ކުރިން

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ތުރުކީން އޮތީ ސާބިތުކަމާއެކު: އުރުދުޣާން
4 ގަޑިއިރު ކުރިން

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 0.7 އިންސައްތައަށް ދަށްވާނެ ކަމަށް އަންދާޒާކޮށްފި
5 ގަޑިއިރު ކުރިން

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި: ޤައުމީ އިނާމުތައް ރައީސް މިރޭ ދެއްވަނީ
7 ގަޑިއިރު ކުރިން


