logo
ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އުތީމުގައި: ޤައުމީ އިނާމުތައް ރައީސް ދެއްވަނީ

profile

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 11:36

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒު ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ބޮޑުތަކުރުފާނުގެ އުފަން ރަށް، ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމީ ޖަލްސާ އޮންނާނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚިދުމަތުގެ ޤައުމީ އިނާމު، މި އަހަރު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އިނާމުތަކަށް ބޭފުޅުން ހޮއްވެވީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޤައުމީ ދުވަހުގެ މި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ.

މި ޖަލްސާއަކީ ދިވެހި ޤައުމިއްޔަތާއި، މިނިވަންކަމުގެ ބަތަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ ޒިކުރާ އާކޮށް، ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބާއްވާ ވަރަށް ޚާއްޞަ ރަސްމިއްޔާތެކެވެ.

https://wamco.com.mv/
tel:+9607331319