logo

ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެ: ހީނާ

profile

ޝުރުފާ މުހަންމަދު - 10 ސެޕްޓެމްބަރު 2024 - 19:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި އެކު--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަސް ތާރީޚެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު، އެކަމަށް ވަކި ތާރީޚެއް އަދި އިއުލާންކުރައްވާފަ އެއް ނުވެ އެވެ. އަދި މި ދަތުރުފުޅުގެ މަގްސަދު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވޭ. ދިވެހިރާއްޖެ އާއި އިންޑިއާއާ އެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ, އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ.

ރާއްޖޭގެ ވެރިކަމާ ހަވާލުވާ ބޭފުޅުން އާންމު ގޮތެއްގައި އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގައުމަށް ފޮނުވާލުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުުޅުގައި ވަޑައިގެންނެވީ އިންޑިއާއަކަށް ނޫނެއެވެ.

އެކަމަކު އޭގެ ފަހުން މަޝްވަރާގެ އަލީގައި ދެ ގައުމަށް ވެސް ފައިދާ ވާނެ ގޮތަށް އެ މައްސަލަ ހައްލުކޮށް، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި ނަރެންދުރާ މޯޑީ މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންފައިވެ އެވެ.

މީގެ އިތުރަށް ދާދިފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފައިވެއެވެ.

tel:+9607331319