logo

ދަތިތައް ފިލުވުމަށްޓަކައި "ޓައިމް" ބޭނުންވޭ: މިނިސްޓަރު ޒަމީރު

profile

އައިޝަތު އިނާޝާ - 25 އޯގަސްޓު 2024 - 18:10

މިނިސްޓަރ މޫސާ ޒަމީރު

މިނިސްޓަރ މޫސާ ޒަމީރު

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި ދަތިތައް ފިލުވުމަށްޓަަކައި "ޓައިމް" ބޭނުންވާ ކަމަށާއި ނަމަވެސް އަހަރު ނިމެންވާއިރަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްގެ ބޯޑުން އިއްޔެވަނީ ފާސްކޮށްފައެވެ. ނަމަވެސް ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލް އިން ގެނައި ބަދަލު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިގެން މިއަދު ވަނި ބަދަލުކޮށްފައެވެ.

ބޭންކުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ހިޔާލުފާޅު ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގައިމިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަ މަގައް އަޅުވާ ދަރަނިތަކުން ސަލާމަތްވުމަށް ފޮރިން މިނިސްޓްރީން ވެސް މިދިޔަ ދެމަހެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދާދި ފަހުން މިނިސްޓަރު ޒަމީރު ކުރެއްވި ޗައިނާ ދަތުރުފުޅުގައި އެގައުމާއެކު ދެކެވުނު ވާހަކަތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށާއި އިންޑިއާއެކު ވެސް ގިނަ މަޝްވާރަތަކެއް ކުރެވެމުންދާ ކަމަށެވެ.

މިއަހަރުގެ މެދުތެރެއިން ލޯސީޒަން ތަންކޮށްޅެއް ޑްރައިކޮށް ދިޔަ. އެހެން ނަމަވެސް މީހާރު ފޯކާސްޓް ދަނީ ރަނގަޅުވަމުން . މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލޭ އިންޓަނޭޝަލް އެއާޕޯޓާއި، ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މިހާރު ހުރި ކުދި ކުދި ދަތިތަކުން އަހަރު ނިމޭއިރު އަރައިގަނޭވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަތިތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އަރިހުގައި ފުލް ކެބިނެޓް މަސައްކަތް ކުރަމުންދާ ކަމަަށާއި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި ދަތިތައް ފިލުވުމަށްޓަަކައި ޓައިމް ބޭނުންވާ ކަމަށެވެ.

މިނިސްޓަރުވަނީ އެކުގައި މަސައްކަތް ކުރެވިއްޖެނަމަ އަހަރު ނިމެންވާއިރަށް ހައްލުތަކެއް ފެނިގެންދާނެ ކަމަށާއި އަދި ކުރެވޭ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319