logo

ރެއިންފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަމީހުން ޝަހީދު، ޣައްޒާގެ އުތުރަށް ބިރުވެރިކަންބޮޑު ދުވަހެއް

profile

ސައިފް އަޒުހަރު - 16 މޭ 2025 - 09:39

ޣައްޒާގެ އުތުރުގެ ހުރިހާ ހިސާބަކަށް އިސްތިއުމާރީ ޓެރަރިސްޓުން ރެއިން ފެށިގެން ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

https://wamco.com.mv/

ހަމަލާތައް މުޅިންވެސް އަމާޒުކުރަމުން ގެންދަނީ އާންމުންގެ ގެތަކަށާއި، އާންމުން ދިރިއުޅޭ ޓެންޓުތަކަށެވެ.

ޣައްޒާގެ އުތުރަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައި ވާއިރު، ޣައްޒާގެ އެހެން ރަށްތަކަށްވެސް އިސްތިއުމާރީ ޓެރަރިސްޓުން ރެއިން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ރެއިން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި އެކަނިވެސް މިހާތަނަށް ސަތޭކައެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ސިއްހީ ފަރާތްތަކުން ބުނެއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ފާއިތުވި 36 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 250 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

މުޅި ޣައްޒާއަށް، ޚާއްސަކޮށް ޣައްޒާގެ އުތުރުގެ ރަށްތަކަށް ޓެރަރިސްޓުން ބޮންއެޅުން ވަރުގަދަކޮށްފައި މިވަނީ، ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު އިތުރަށް ފުޅާކުރަން ނިންމި ނިންމުމުގެ ދަށުންނެވެ.

އެގޮތުން، ޓެރަރިސްޓުންގެ ޓޭންކްތައްވެސް މިހާރުދަނީ އާންމުން ދިރިއުޅޭ އަވަށްތަކުގެ ތެރެއަށް ވަންނަމުންނެވެ.

ޣައްޒާ ސިވިލް ޑިފެންސުން ބުނެފައިވަނީ، ޣައްޒާގެ އުތުރުގައި "ހަރަކާތެއް" ކުރާތަން ފެންނަ ކޮންމެ ދިމާއަކަށް ބޮންއަޅަމުން ގެންދާ ކަމަށެވެ.

ގެތަކަށް ބޮންއަޅައި، އާއިލާތަކާއެކު ގެންދަނީ ގޮއްވަމުންނެވެ. ހަމަލާތަކުން ސަލާމަތްވާން މަގުތަކަށް ނުކުމެގެންދާ ކުޑަކުދިންނާއި އަންހެނުންން އާއިލާތަކަށް ބޮޑުބަޑިއާއި، ރޮކެޓުން ހަމަލާދީ ބޮޑެތި ގަތުލުއާންމުންތައް ހިންގަމުންދާ ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ އުތުރުގައި ބޮންއަޅައި ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި އެތައްސަތޭކަ ބަޔަކު ތާށިވެފައި އެބަތިބި ކަމަށާއި، މީހުން ސަލާމާތްކުރަންދާ ޓީމުތަކަށްވެސް އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާ ދެމުންގެންދާ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay