logo

ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

profile

ޝުރުފާ މުހައްމަދު - 22 އޮކްޓޯބަރު 2024 - 22:06

ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވި މީހާ--- ފޮޓޯ: ފުލުހުން

ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވި މީހާ--- ފޮޓޯ: ފުލުހުން

ުހުޅުމަލޭގައި ހިނގި އެކްސިޑަންޓެއްގައި ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައި ވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދުގީގެ މައްޗަށެވެ. ފުލުހުން ބުނިގޮތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޮނޮހިރު ދުވަހު ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

އެ މައްސަލާގައި އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެ ހާދިސާގައި މަރުވީ އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ. އުރީދޫ އިމާރާތް ކައިރީގައި ހިނގި މި ހާދިސާގައި ކާރުން ޖެހުނީ ސަމާހު ދުއްވަން އިން ސައިކަލުގަ އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.

https://int.etukuri.mv/
tel:+9607331319