logo

ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރަން ސައުދީއާއި ރާއްޖެއިން އެކުގައި މަސައްކަތް ކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 29 އޯގަސްޓު 2024 - 22:40

އޭވިއޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ސައުދީން ވަނީ އެއްބަސްވެފަ

އޭވިއޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ސައުދީން ވަނީ އެއްބަސްވެފަ

ވައިގެ ދަތުރުފަތުރުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ވައިގެދަތުރުފަތުރުގެ ދާއިރާއާއި ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއާރޮޑްރޯމްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެކުލަވާލި މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ސައުދީގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި ކަމަށެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭޝިއަން އާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ.

މިނިސްޓްރީން ބުނީ މި އެމްއޯޔޫގައި ދެ ގައުމުން ވަނީ އޭވިއޭޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319