logo

ކްރިއޭޓިވް އިކޮނޮމީ ފަންޑުން 3 ލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ދެނީ

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 18:13

މިނިސްޓަރ ސައީދު ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރ ސައީދު ވާހަކަފުޅު ދައްކަވަނީ

ފަންނުވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ރޭ އިފްތިތާހުކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ތެރެއިން 3 ލައްކަ ރުފިޔާ އާއި ހަމައަށް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިކޮނޮމީ މި އަހަރުގެ ބާކި މިއޮތް މުއްދަތުގައި 4.1 ގެ ކުރިއެރުމެއް އަންނާނެކަމަށާއި އަންނަ އަހަރު 6 އިންސައްތައިގައި ކުރިއަރަމުންދާނެކަމަށް ލަފާކުރެވޭކަމަށް ވޯލްޑް ބޭންކުން މައުލޫމާތުދޭކަމަށެވެ. އަދި ކުރީ ސަރުކާރުން މި ސަރުކާރަށް ވާރުތަވީ ދަރަނީގެ ބުރަޔާއެކުވެސް ގައުމުގެ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ފަންޑެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށާއި ރާއްޖޭގައި އޮންލައިކޮށް ވިޔަފާރި ކުރާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންވެންޓްރީއެެއް ނެގިއިރު، 400އަށް ވުރެ ގިނަ އަދަދެއްގެ އެކްޓިވްލީ ތަކެތި އުފައްދައިގެން އޮންލައިކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރާ އަންހެން ބޭފުޅުނާއި ފިރިހެން ބޭފުޅުން އެބަތިބި".

އަންނަ އަހަރުގެ ތެރޭގައި ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ދާއިރާތައް އިއުލާނުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ފަންޑުގެ އެހީ ލިބުމަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާ އާއި 300،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް އެހީތެރިކަން ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

https://int.etukuri.mv/
tel:+9607331319