
ފީފާ ވޯލްޑްކަޕްގެ އަސްލު ސަޕޯޓަރުން ތިބީ ދިވެހި ރާއްޖޭގައި !

މުޙައްމަދު ފަޟްލޫން - 28 ޖޫން 2026 - 15:03
ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕް މިއަހަރު ބާއްވަނީ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހުއެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
ފީފާ ވޯލްޑްކަޕްގައި ޖުމްލަ 104 މެޗު ކުޅެން ހަމަޖެހިފައިވާއިރު މި މުބާރާތުގައި 48 ގައުމު ނުވަތަ ޓީމް ވާދަކުރެއެވެ.
12 ގްރޫޕަށް ބަހާލައިގެން ގްރޫޕެއްގައި 4 މެޗް ކުޅޭ މި މުބާރާތުގައި މިހާތަނަށް ގްރޫޕް ސްޓޭޖްގެ 72 މެޗު ވަނީ ކުޅެފައެވެ.
ގްރޫޕް ސްޓޭޖްގެ މެޗްތަކުން މޮޅުވާ ޓީމްތައް ނޮކްއައުޓް ވާ ގޮތަށް ނުވަތަ ބަލިވާ ޓީމެއް މުބާރާތުން ކަޓާ އުސޫލުން 32 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ.
ނޮކްއައުޓް ރައުންޑަށް ހޮވޭ 32 ޓީމުތައް ކަށަވަރުވަމުންދާއިރު ވަރަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ.
ވޯލްޑް ކަޕްގެ ފާއިތުވެދިޔަ ދިގު ތާރީހުގައި އެންމެ ވަރުގަދަކަމަށް ބެލެވުނު ބައެއް ޓީމުތަކަށް މާރަނގަޅު ނަތީޖާތަކެއް ހާސިލް ނުކުރެވޭތަން ވެސް ފެންނަމުންދެއެވެ.
މިހުރިހާ ކަމަކަށް ވުރެވެސް އަޑުގަދަކޮށް ފޯރި އާއި އެކު ކުރިއަށްދަނީ ސަޕޯޓް ކުރުމަށް ދިވެހިން ދޭ ޝައުގުވެރިކަމެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗާއި އެކު މަގުތައް ހަލަބޮލިވެ ކަންކަން މަތީގައި ބޮޑެތި ސްކްރީންތައް ބަހައްޓައި ކެފޭތަކާއި ޓޭކް އަވޭ ތަކާއި ރެސްޓޯރެންޓްރައް ވޯލްޑް ކަޕަށް ހާއްސަކޮށްލިއެވެ.
ވޯލްޑް ކަޕް މިއަހަރު ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގައި މެޗުތައް ކުޅޭ ވަގުތަކީ އާއްމު ގޮތެއްގައި ރާއްޖެއަށް ދަންވަރާއި ފަތިސް ވަގުތުތައް ކަމުން ގިނަ މެޗްތައް ބަލަން ގިނަ ބަޔަކު ތިބެނީ ނުނިދައެވެ. ވެރިރަށް މާލޭގައި ވޯލްޑް ކަޕް ބަލަން ގިނަ ބަޔަކު ތިބެނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
މުޅި މާލެ ސިޓީގެ މަގުތައްވެސް ވޯލްޑް ކަޕްގެ މެޗުތައް ކުޅޭއިރު ހަމަހިމޭންވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ވޯލްޑް ކަޕްގެ ފޯރީގައި ސަޕޯޓް ކުރާ ދިވެހިންނާއި ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އެމީހަކު ސަޕޯޓްކުރާ ޓީމްގެ ޖާޒީގައި އެޓީމެއް ކުޅޭރޭ ފެނެއެވެ.
މިކަމުންވެސް ދޭހަކޮށްދެނީ އެމީހަކު އެޓީމަކަށް ކުރާ ސަޕޯޓެވެ.
ވޯލްޑް ކަޕްގައި ދިވެހިންނާއި ބިދޭސީން ގެ ތެރެއިން ގިނަ ބަޔަކު އެމީހަކު ސަޕޯޓް ކުރާ ކުޅުންތެރިއަކު ހިމެނޭ ޓީމްގެ ޖާޒީގައި ނުވަތަ އެމީހަކު ސަޕޯޓްކުރާ ޓީމްގެ ކުޅުންތެރިންގެ ސަޕޯޓަރ ޖާޒީ ލައިގެން ސަޕޯޓް ކުރަމުންގެންދެއެވެ.
ބައެއް މަގުތަކުގައި މެޗްތައް ކުޅޭ އިރު ދުއްވާފައި ދިއުމަކީ ދަތިކަމެކެވެ. މެޗް ބަލަން އެއްވެފައި ތިބޭ މީހުން ގިނަ ކަމުން މަގުތަކުން ދުއްވާފައި ނުދެވޭ ވަގުތައްވެސް އާދެއެވެ، ވަކިން ހާއްސަކޮށް ޕޯޗުގަލް މެޗުތަކާއި އާޖެންޓީނާ މެޗުތައް ކުޅޭއިރު ވޯލްޑް ކަޕް ކުޅޭ ސްޓޭޑިއަމްގައި ހުރެވޭ ފަދަ އިހުސާސެއް ކުރެވެއޭ ބުނެވިދާނެއެވެ. އެހާވެސް ގިނަ ބަޔަކު ޖާޒީ ލައިގެން ސަޕޯޓް ކުރަން އެކި ހިސާބުތަކަށް ޖަމާވެއެވެ.
މަގުތަކުގައި ހިނގަން ދަތިވިނަމަވެސް އެކަމުގައި އެއްވެސް ޝަކުވާއެއް މިހާތަނަަށް ލިބިފައެއް ނުވެއެވެ. މިކަމުންވެސް ފެނި ޔަގީންވެގެންދަނީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަމެކެވެ.
ދިވެހިންނަކީ ގައުމީ ކަންކަމުގައި އެކުވެރިކަމުގެ ލާމަސީލު ނަމޫނާ އެކެވެ.
ދިވެހިންގެ އެއްބައިވަންތަކަން މިއަހަރުގެ ވޯލްޑް ކަޕުން ފެނިގެންދަނީ ސަޕޯޓް ކުރުމުގައި އަމަލުކުރާ ރީތި ނަމޫނާ އުސޫލެވެ.
ވޯލްޑް ކަޕްގެ މެޗުތައް ކުޅޭއިރު ކަންކަން މަތީގައި އަދި މަގުމަގު މަތީގައި ބޮޑު ސްކްރީންގައި މެޗު އަޅުވައިގެން ސަޕޯޓް ކުރަން ތިބޭއިރު ފޯރީގައި ލަވާ ހަޅޭކުގެ ސަބަބުން އެކަމާ އުނދަގޫވެ ޝަކުވާ ކުރާ އެކަކު ވެސް ނެތުމަކީ ހަގީގަތުގައިވެސް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
މިކަމުން ދޭހަކޮށްދެނީ ފުޓްބޯޅަ އަށް ދިވެހިން ހިތުގައި ޒަމާނުއްސުރެ އޮންނަ ގަދަރާއި ލޯތްބާއި އެކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމެވެ.
ވޯލްޑްކަޕްގެ ފޯރި ގަދަވަމުންދާއިރު މުބާރާތުގެ ތަށި އުފުއްލާލާނެ ކަމަށް ގިނަ ބަޔަކު ރާއްޖެއިން ބުރަވަނީ ބްރެޒިލް އަށެވެ. ބްރެޒިލްގެ އިތުރުން އާޖެންޓީނާ އާއި ފްރާންސް އާއި ޖަރުމަނު އަދި ސްޕެއިން ވެސް މިއީ އުއްމީދު ކުރެވޭ ޓީމްތަކެވެ.
ވޯލްޑް ކަޕްގެ ފައިނަލް އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު ކުޅޭއިރު ފައިނަލަށް ދާނެ ދެ ޓީމެއްގެ އިންތިޒާރުގައި ސަޕޯޓަރުންނާއި މެޗުތައް ކުޅޭ ގައުމުތަކުން ތިބީ ކެތް މަދުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުއްލި ހާލަތްތައް މެނޭޖްކުރަން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ޒިންމާތައް ހިއްސާކުރަން މަގުފަހިވާނެ: އެމްއޭސީއެމް އެމްޑީ ޝަރީފް
3 ގަޑިއިރު ކުރިން

ދައުލަތަށް ނުއުފުލޭވަރުގެ ބޮޑެތި ދަރަނިތައް ނެގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ސަލީމް
5 ގަޑިއިރު ކުރިން

ގުރައިދޫ މަގުތައް ތަރައްގީ ކުރަން ފަށައިފި
5 ގަޑިއިރު ކުރިން

ރިނބުދޫގައި 250 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް ފެނަކައިން ބަހައްޓައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)