logo

މާފުށީ ޖަލަށް 17 ފޯނު އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 03 މޭ 2026 - 08:02

ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލަ އާއި ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލުގެ ގޭޓު ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް އުމުރުން 28 އަހަރުގެ މުޙައްމަދު ޝަހީރު އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވާ ކަމަަށެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މަހުގެ ދެވަނަ ދުވަހު ރ.މަޑުއްވަރީން ވެސް ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފަ އެވެ. މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk