
ރޯވި އަލިފާން، ނިއްވާލައިފި

އާމިނަތު ޝަޒްލާ - 28 މޭ 2026 - 15:39
މާފަންނު ކާނިމާގެ، 4ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 16:50 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން، ރޯވި އަލިފާން 17:27 ހާއިރު ވަނީ ނިއްވާލެވިފައެވެ. މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ.
މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
ގަޑިއިރެއް ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
ގަޑިއިރެއް ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
2 ގަޑިއިރު ކުރިން

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރާ ޖަލްސާ މެއި 31 ގައި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)