
ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 14:46
މިދިޔަ ހަފްތާގައި ހިނގި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި، މެއި 17 އިން 23 ގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމްލަ 29 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 598,467.44 (ފަސް ލައްކަ ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 255,710.99 (ދެ ލައްކަ ފަންސާސް ފަސް ހާސް ހަތް ސަތޭކަ ދިހައެއް) ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި 15 މައްސަލަ.
އެހެން މީހެއްގެ ކަންކަން އޮޅުވާލައިގެން ގުޅައިގެން ފައިސާ ހޯދި 2 މައްސަލަ.
ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި 6 މައްސަލަ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ސްކޭމްތައް ހިންގާފައިވަނީ ވައިބަރ، ވަޓްސްއެޕް، މެސެންޖަރ ފަދަ މެސެޖިންގ އެޕްތަކާއި، އައިބޭ، ފޭސްބުކް މާކެޓްޕްލޭސްގެ އިތުރުން ފޯނު ކޯލްތަކާއި ނުދަންނަ ލިންކުތައް ބޭނުންކޮށްގެންނެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް މުދާ ގަންނައިރު ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށާއި، ބޭންކު ނުވަތަ ރަސްމީ އިދާރާއެއްގެ ނަމުގައި ގުޅި ނަމަވެސް އޯ.ޓީ.ޕީ އާއި ޕިން ނަންބަރު ފަދަ ސިއްރު މަޢުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ނުދަންނަ ލިންކުތަކަށް ނުފިތުމަށާއި، ސްކޭމެއްކަމަށް ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ރިޕޯޓްކުރުމަށްވެސް ފުލުހުން އެދިވަޑައިގަންނަވައެވެ.
ސްކޭމް އާއި ގުޅުންހުރި މައްސަލަ އަވަހަށް ރިޕޯޓްކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަންވެސް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
12 މިނިޓު ކުރިން

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމް ވަކިކުރާ ޖަލްސާ މެއި 31 ގައި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)