logo

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން

profile

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 15:37

ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް މިހާރު 23 އިދާރާއެއްގެ 400 އަށްވުރެ ގިނަ ޚިދުމަތް ފޯރުކޮށްދެމުންދާކަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮންޕެނީ (މައިންޑްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ހާމަކުރެއްވި ގޮތުގައި، ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް މިހާރު 23 މުއައްސަސާއެއްގެ 400 އަށްވުރެ ގިނަ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

އަދި މި ޕްލެޓްފޯމުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޓްރޭޑް ޑެސްކު ވިތު އަނާ" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން، ސަޢީދާ ވަނީ އެ ކުންފުނިން ދެމުންދާ ޚިދުމަތްތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ސަޢީދާ އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ އެކި އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ވަންގަވްގެ ޚިދުމަތްތައް ފުޅާކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. ކުރިން 26 އިދާރާއަކުން މި ޕްލެޓްފޯމް ބޭނުންކުރި ނަމަވެސް، ސަރުކާރުގެ އިދާރީ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން މިހާރު ޚިދުމަތް ފޯރުކޮށްދެމުންދަނީ 23 އިދާރާއަކުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk