
ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހުން ބަލައިގެންފި

ރިޟްވާން މޫސާ - 06 ޖުލައި 2026 - 07:37
ސަރުކާރުން ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލާއި "ޑިޖިޓަލް އައިޑެންޓިޓީ" ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މި ދެ ބިލް ވެސް ފާސްކުރުމަށް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މަޖިލީހުން މިއަދު މި ދެބިލް ބަލައިގެންފައި ވަނީވެސް މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ ބިލް މަޖިލީހަށް ހުށައަޅާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ.
މި ދެ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަމާއި ޑިޖިޓަލް ގަވަރނަންސްގެ ނިޒާމާގުޅޭ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ފޯރުކޮށްދީ، ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބަލަހައްޓަންޖެހޭނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިންނެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ބިލުން ދައުލަތުގެ އިދާރާތަކާއި، ޤާނޫނީ ޝަޙްސުތަކާއި އެނޫންވެސް ފަރާތްތަކާއެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުޢާމަލާތުތަކުގައި، ޚިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ.
މި ޤާނޫނުގެ ދަށުން އެކުލަވާލާ ނިޒާމް ހިންގުމަށާއި، އެ ނިޒާމް ތަރައްޤީކުރުމަށްޓަކާ "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން ވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯލްޑް ކަޕް 2026: ބްރެޒިލް ސިއްސުވާލުމަށްފަހު، ނޯވޭއިން ފުރަތަމަ ފަހަރަށް ކުއާޓާއަށް
7 ގަޑިއިރު ކުރިން

ފްލެޓް ހޯދަދޭން ފައިސާ ނެގިކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް! އެއީ އަޅުގަނޑުގެ އަބުރު ކަތިލަން ބަޔަކު ހިންޖި ޖަރީމާއެއް: ޔަސީން
11 ގަޑިއިރު ކުރިން

ރުއްތަކަށް ޖެހޭ ބަލިތަކަށް ޗައިނާގެ އެހީގައި ހައްލު ހޯދަނީ
11 ގަޑިއިރު ކުރިން

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލްކުރަނީ
11 ގަޑިއިރު ކުރިން


.gif&w=3840&q=75)