logo

ރުއްތަކަށް ޖެހޭ ބަލިތަކަށް ޗައިނާގެ އެހީގައި ހައްލު ހޯދަނީ

profile

ރިޟްވާން މޫސާ - 06 ޖުލައި 2026 - 07:37

ޗައިނާ ސަރުކާރުގެ އެހީގައި ކުރެވޭ މަސައްކަތްތަކުން ރުއްތަކަށް ޖެހޭ ބަލިތަކަށް ހައްލު ލިބެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރުއްތަކަށް ޖެހޭ ރުކުމަޑި މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަސައްކަތް ކުރަމުންއަންނަކަމަށެވެ. އެކަން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ރަށްރަށަށް އިސްކަންދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައި އެކަމުގެ ތަހުލީލުތައް ކުރަމުންދާކަމަށެވެ.

މިނިސްޓަރު ވަނީ ހަނިމާދޫގައި ހުންނަ ސެންޓަރުގައި ކުރެވުނު ތަހުލީލުތަކުގެ އަލީގައި ޗައިނާ ސަރުކާރުގެ އެހީގައި ކުރެވޭ މަސައްކަތުން ރުއްތަކަށް ޖެހޭ ބަލިތަކަށް ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހުުދުކޫޑިއާއި ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށް، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް" އިން ސިސްޓެމިކް ޕެސްޓިސައިޑް ފޯރުކޮށްދީފައިވާކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިބޭސް ބޭނުންކުރާނެ ގޮތުގެ ފަންނީ މަޢުލޫމާތު ދިނުމުގެ މަސައްކަތް ބައެއް ރަށްރަށުގައި މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ހއ. ބާރަށުގައި ވަނީ މިކަމުގެ މައުލޫމާތު ދިނުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ގަސްތަކަށްޖެހޭ ތަފާތު ވަތްތަރުގެ ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް މިހާރު ވަނީ ޤާއިމްކޮށްފައެވެ.

މި ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ލެބޯޓަރީގެ އިންފްރާސްޓްރަކްޗަރގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk