logo

އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލްކުރަނީ

profile

ރިޟްވާން މޫސާ - 06 ޖުލައި 2026 - 07:36

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލްކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު ސައީދުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަދާ ހަމަ ހޯދުމަށް މިއަދު އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

މެންބަރަކު ކުރެއްވެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް، 24 ގަޑިއިރު ފޯރުކޮށްދެމުން ދާކަމަށެވެ.

ވަޒީރު ވިދާޅުވީ ވަންގަވް މެދުވެރިކޮށް މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތައްދެވޭގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އަަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލް ކުރެވޭނެ ކަމަށްވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ދަތުރުފަތުރު ކުރުމުގެ ދާއިރާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މުޅި ރާއްޖެ، ހައިސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތްވެސް އަންނަ އަހަރު ނިމޭނެ ކަމަށް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލްގެ ދަށުން ގުޅާލެވޭނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk