logo

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީގައި ހުންނަވާ މަންދޫބަކަށް ތާރިގު

profile

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 06:03

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ތާރިގު އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

https://wamco.com.mv/

މި މަގާމަށް ތޯރިގު އައްޔަންކުރުމާ މެދު މަޖިލީހުގެ ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ތާރިގް އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައިވެސް އެންވަޔަރަމަންޓް މިނިސްޓަރުކަން ފާހަގަކޮށްލެވޭ ފަދަ ގޮތަކަށް ކުރެއްވި ބޭފުޅެކެވެ.

މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް އެންމެ ފުރަތަމަ އެކުލަވައިލެއްވި އިރުވެސް އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވީ ތާރިގް އެވެ.

އޭގެފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk