
އިސްލާމް ދީނާއި ޙިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރާނަން: ރައީސް

ރިޟްވާން މޫސާ - 15 އޯގަސްޓު 2026 - 07:44
ދިވެހި ރާޢްޖޭގައި އިސްލާމްދީނާއި ޙިލާފް އެއްވެސް ގާނޫނެއް އުފަން ނުކުރެވޭފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާއި މުޙާތަބު ކުރައްވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީން އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ހުށައަޅުއްވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ ފުރަތަމަ ބާބުގައި ސަރީޙަ ކޮށް ބަޔާންކޮށްފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށެވެ. އަދި އިސްލާމް ދީނަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. މިއާއެކު ދިވެހިރާއްޖޭގައި އިސްލާމް ދީނާއި، ޙިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ޝަރީހަ ކޮށް ބަޔާންކޮށްފައިވެ އެވެ.
ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި މިހާރުވެސް އިސްލާމް ދީނާއި ފުށުއަރާ ގޮތަށް ގާނުނުތައް ނުހެދޭ ގޮތަށް އޮންނަ ކަމަށާއި، ނަމަވެސް މި އުސޫލަކީ ހަރުދަނާ އުސޫލަކަށް ހެދުމަށާއި، ގަނޫނު އަސާސީގައި އިސްލާމްދީނާއި ޙިލާފް އެއްވެސް ގާނޫނެއް އުފަން ނުކުރެވޭފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ހުށައަޅުއްވާނެ ކަމަށެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އެއް ޢިބްރަތަކީ މާތްވެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާކަމަށާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައި ހުރި ނިކަމެތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް، އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެންކަމަށާއި އިސްލާމްދީން އެއީ ދިވެހި ޤައުމުގެ ނާރެސްކަމަށެވެ.
ރައީސް ވިދާޅުވީ ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެން ކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޒީފާގެ މާހައުލުގައި ތެދުވެރިވެ އިޙްލާސްތެރިވާންޖެހޭ: ރައީސް
2 ގަޑިއިރު ކުރިން

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް
3 ގަޑިއިރު ކުރިން

އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސް ހުޅުއްވައިދެއްވައިފި
3 ގަޑިއިރު ކުރިން

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަރެސް ޢާމިރަށް
3 ގަޑިއިރު ކުރިން


