
ވަޒީފާގެ މާހައުލުގައި ތެދުވެރިވެ އިޙްލާސްތެރިވާންޖެހޭ: ރައީސް

ރިޟްވާން މޫސާ - 15 އޯގަސްޓު 2026 - 07:04
ވަޒީފާ އަދާކުރުމާއި މަސައްކަތް ކުރުމުގައި ޒިންމާދާރުވެ ތެދުވެރިވާންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ހއ.އުތީމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ތިއްބެވުމަކީ މުހިންމު ކަމެއްކަމަށާއި، ޒިންމާދާރު ބައެއްގެ ގޮތުގައި ތިއްބެވުމަށް އެންމެހައި ފަރާތްކަށް ވެސް ގޮވާލާ ކަމަށެވެ.
ރައީސް ވިދާޅުވީ ހާއްސަ ގޮތެއްގައި ގައުމީ ރޫހާއި ގައުމީ ވަންތަކަން ދެމި އޮތުމަށްޓަކައި ޒިންމާދާރު ވުމާއި، ހާއްސަ ގޮތެއްގައި ވަޒީފާ އަދާކުރެއްވުމުގައި ތެދުވެރިކަމާއެކު މަސައްކަތައް ޒިންމާދާރު ވާންޖެހޭ ކަމަށެވެ.
އޮފީހުގެ ވެރިންނާއި މުއައްޒަފުން ވެސް މިގޮތުގައި ތެދުވެރިކަމާއި އިހްތިރާމާއި، ޒިންމާދާރު ކަމާއެކު ވަޒީފާ އަދާކޮށްދޭނަމަ ރައްޔިތުންނަށް އެކަމުން ހިންހަމަ ޖެހުމާއި އުފާވެރިކަމުގެ އިތުރުން ގައުމީ ރޫހާއި ލޯބި އާލާވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އާއިލާއިން ފެށިގެން ގައުމީ މަސްލަހަތާއި ހަމައަށް ގައުމެއްގައި އިހްތިރާމް އަދާކުރުން ހުރިހައި މާނައެއްގައި ހުރިހައި ދާއިރާއެއްގައި އަދި ހުރިހައި ދަރަޖަ އެއްގައި އޮންނަން ޖެހޭ ކަމަށާއި، އެހެން ނޫންނަނަމަ ގައުމަށް ހަގީގީ މާނައިގައި ހަމަޖެހުން ނާންނާނެ ކަމަށެވެ.
ރައީސް ވަނީ އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ޤާއިމްކުރުމަށް މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅުއްވާނެކަމަށް ވެސް މިއަދު އިއުލާނުކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްލާމް ދީނާއި ޙިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރާނަން: ރައީސް
ގަޑިއިރެއް ކުރިން

ކަށިމާ އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް
3 ގަޑިއިރު ކުރިން

އުތީމުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސް ހުޅުއްވައިދެއްވައިފި
3 ގަޑިއިރު ކުރިން

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ފަރެސް ޢާމިރަށް
3 ގަޑިއިރު ކުރިން


