
ކައުންސިލްތަކަށް ދެން އޮތީ ހަމަ އެކަނި ވިހާ، މަރުވާ ހިސާބު ބެލުން އެކަނި: މައުރޫފް

ރިޟްވާން މޫސާ - 10 އޯގަސްޓު 2026 - 11:57
ކައުންސިލުތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި މައުރޫފް ވަނީ މި ބިލަށް ނުވަތަ މި އިސްލާހަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ.
މައުރޫފް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި މިވަގުތު ތިއްބެވި ފަރާތްތައް ވެސް މަސައްކަތް ނުކުރެވި ފެއިލް ވެފައި ވާ ކަމަށާއި، ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލްގެ އިހްތިސާސް ތަކާއި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަން ސަރުކާރުގެ ވުޒާރާތަކާއި މަތި ކުރެވުމުން އިތުރަށް ބޮއްސުންލައިގެން ދާނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ މި ބަދަލަކީ ރައްޔިތުން ބޭނުންވާ ބަދަލެއް ނޫން ކަމަށާއި، ރައްޔިތުން ކަންބޮޑުވެ މި ކަމާއި ދެކޮޅަށް އަޑު އުފުލައި ރައްޔިތުންގެ މަޖިލީހަށް 500 އަށްވުރެ ގިނަ ރައްޔިތުން ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވޭ މި އިސްލާހު އަނބުރައި ގެންދިއުމަށް ގޮވާލައި މި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއްވެސް ހުށައަޅާފަ. މި ޕެޓިޝަނުގައި 500 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސޮއިކޮށްފަ." މައުރޫފް މަޖިލީހުގައި ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މި ބަދަލާއެއްކޮށް ވިހައި މަރުވުން ބެލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކައުންސިލަކަށް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން މެންބަރަކު ލައްވައި ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށައަޅައިގެން ތި ކުރާ މަސައްކަތަކީ ހަމަ ހަގީގަތުގައިވެސް ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ މަސައްކަތްތަކެއް ކަމަށް ސިފަ ކުރެވޭ ކަމަށެވެ.
"މި ބަދަލާއެއްކޮށް ވިހައި މަރުވުން ބެލުން ފިޔަވައި އެއްވެސް ކަމެއް ކައުންސިލަކަށް ނުކުރެވޭނެ. މިނިވަން މެންބަރަކު ލައްވައި ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށައަޅައިގެން ތި ކުރާ މަސައްކަތަކީ ހަމަ ހަގީގަތުގައިވެސް މި ދެންނެވި ގޮތަށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ މަސައްކަތްތަކެއް." މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މި ހުށައެޅިފައި އޮތް ބަދަލު ގާނޫނު އަސާސީގެ 4 ވަނަ މާއްދާ އާޢި ލާމަރުކަޒީ ނިޒާމާއި މުޅިން ޙިލާފު ކަމަށާއި، މި ބަދަލު ގޯސް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

"ދިވެހި ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް، ދައުލަތުގެ މާލިއްޔަތު ލޫޓުވައިފި"
4 ގަޑިއިރު ކުރިން

މޭ އައްޑަނައަކަށް ދިއްކޮށްގެން ވެސް ރަސްމާލެ މަޝްރޫޢު ހުއްޓުވާނަން: މޮސްޓާ
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
އެމެރިކާގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި
8 ގަޑިއިރު ކުރިން
.webp&w=3840&q=75)
އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
10 ގަޑިއިރު ކުރިން


