
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުލިބޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ޝަހްޒާ މުޙައްމަދު - 06 ޑިސެމްބަރު 2025 - 14:40
ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ތަޅުމުން މިމަހުގެ 3 ވަނަ ދުވަހު ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް، ކަނޑައެޅިފައިވާ ވަކި މިންވަރުތަކަށްވުރެ އިތުރުވާނަމަ، މަރުގެ އަދަބު ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. އެގޮތުން އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
ބިލުގައިވަގޮތުން މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުންނެވެ. އިއްތިފާޤު ނުވާނަމަ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މަސްތުވާތަކެތި އެތެރެކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހުގެ ޙުކުމެއް އިއްވާ މީހުންނަށް އަބަދަށް މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެއެވެ. އަދި ޕެރޯލްގެ ދަށުން ދޫނުކުރެވޭނެއެވެ.
ޤާނޫނުގެ 161 ވަނަ މާއްދާއަށް ގެނައި އިސްލާޙުގެ ދަށުން، މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާފައިވާ މުދަލާއި ފައިސާ (ކުށްކޮށްގެން ހޯދާފައިވާ މުދާ ނުވަތަ ކުށް ކުރުމަށް ބޭނުންކުރި މުދާ ވެސް) ދައުލަތަށް ނެގޭނެ ގޮތަށް ބަދަލުކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
2 ގަޑިއިރު ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
4 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
4 ގަޑިއިރު ކުރިން

އައްޑޫ އިން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި
ދުވަހެއް ކުރިން


