ނަރުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 14:41
ށ. ނަރުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ނަރުދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 61 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ނަރުދޫ ބަނދަރު ހެދުމުގެ މި މަޝްރޫޢަކީ 2022 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ.
މަޝްރޫޢުގެ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް ނިމުމެއް ގެނައުމަށްޓަކައި، މި ސަރުކާރުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިހާރު ވަނީ މަޝްރޫޢުގެ ބޮޑުބައެއް ފުރިހަމަކޮށްފައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 1 މާރޗް 2023 ގައެވެ.
މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 55,332 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 399 މީޓަރުގެ ބޭރު ތޮށިލުމާއި، 205 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 210 މީޓަރުގެ އެއްގަމު ތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން 955 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރު ތޮށީގެ ހިލަ ޖެހުމުގެ މަސައްކަތްތަކެވެ.
ގުޅުން ހުރި ޙަބަރުތައް

ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަސް
ގަޑިއިރެއް ކުރިން

ފިތުރު އީދު ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަސް: އިސްލާމިކް މިނިސްޓްރީ
ގަޑިއިރެއް ކުރިން

މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރަން މިފްކޯއިން ނިންމައިފި
ގަޑިއިރެއް ކުރިން

ޓީ ބިލް ވިއްކަން ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)