
ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ފަށަނީ

ރިޟްވާން މޫސާ - 21 ފެބްރުއަރީ 2026 - 08:41
މާލޭ ބޮޑުތަކުރުފާނު މަގުހެދުމުގެ މަސައްކަތުގެ ތެރެއިން ތިން ވަނަ ސެގްމެންޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ
ތިންވަނަ ސެގްމެންޓުގައި މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލް އާއި ހަމައަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މަގުހެދުމުގެ މި މަޝްރޫއުގެ ތެރެއިން ދެވަނަ ސެގްމެންޓުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ނިންމުމަށްފަހު ބާޒާރުމަތީ ސަރަހައްދު ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ހުޅުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގަ އެވެ.
"އަސްލި ޓީވީ" އަށް މައުލޫމާތުދެއްވަމުން އެމްޓީސީސީ ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަހުމަދު ސައުދީ ވިދާޅުވީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް މުއްދަތަށް މަސައްކަތް ނިންމާލެވުމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ އެހީތެރިކަމާއި، ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބުނު ކަމަށެވެ.
ސައުދީ ވިދާޅުވީ ދެން ކުރިއަށް އޮތީ މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ ފެށުން ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް މިވަގުތު ކުރައްވަމުން އަންނަ ކަމަށެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުހެދުމުގެ މި މަޝްރޫއަކީސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެއްކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންކަން
15 ގަޑިއިރު ކުރިން

ގައުމުތަކުން ޓެރިފް ނެގުމުގެ ބާރު ޓްރަމްޕް އަށް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި
15 ގަޑިއިރު ކުރިން

ޝެއިޚު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި
15 ގަޑިއިރު ކުރިން

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)