
ޝެއިޙް ފަރީދުގެ ނަމުގައި ބަނގުލަދޭޝްގައި މިސްކިތް ހުޅުވުން
ޝެއިޚު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ރިޟްވާން މޫސާ - 21 ފެބްރުއަރީ 2026 - 07:33
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވާދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދު އަދި ޢަބްދުއްރަޙްމާން ފަރީދެވެ.
މި މިސްކިތަކީ 300 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ވަރުގެ ޖާގަ އޮތް މިސްކިތެކެވެ.
މީގެ އިތުރުން ޝެއިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭ ފޭސް 3 ގައިވެސް ވަނީމިސްކިތެއް ބިނާކުރުމަށް ނިންމާފަ އެވެ. ހުޅުމާލޭގައި ބިނާ ކުރާ މިސްކިތަކީ ގާތްގަނޑަކަށް 2500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ވަރުގެ ޖާގަ ހިމެނޭ މިސްކިތެކެވެ.
އުމުރުފުޅުން 53 އަހަރުގެ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު ނިޔާވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހުއެވެ.
ޝައިޚު ފަރީދު ނިޔާވުމާއެކު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން އޭނާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.
މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ފަށަނީ
14 ގަޑިއިރު ކުރިން

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންކަން
15 ގަޑިއިރު ކުރިން

ގައުމުތަކުން ޓެރިފް ނެގުމުގެ ބާރު ޓްރަމްޕް އަށް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި
15 ގަޑިއިރު ކުރިން

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)