
ގައުމުތަކުން ޓެރިފް ނެގުމުގެ ބާރު ޓްރަމްޕް އަށް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި

ރިޟްވާން މޫސާ - 21 ފެބްރުއަރީ 2026 - 07:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ
ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ އެންމެ މަތީ ކޯޓުން މިގޮތައް ނިންމާފައި މިވަނީ ސްޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ނިންމުމުންނެވެ.
ސްޕްރީމް ކޯޓުގެ މި ނިންމުމާއެކު އެމެރިކާގެވެސް ބައެއް ފަރާތްތަކުންނާއި، ބައެއް ގައުމުތަކުންވެސް ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޓްރަމްޕް ޓެރިފްތައް ތަޢާރަފް ކުރެއްވި ފަހުން މިހާތަނަށް ޓެރިފްގެ ގޮތުގައި އެކި ގައުމު ތަކުން ގާތްގަނޑަކަށް 175 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއަށް ހޯދާފައިވާކަމަށް ބެލެވެ އެވެ.
ނަމަވެސް މި ފައިސާ އެ ގައުމުތަކާއި، ހަވާލުކުރުމަކަށް ސްޕްރީމް ކޯޓުން އަދި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.
ކޯޓުގެ ނިންމުމާއެކު ޓްރަމްޕް ވަނީ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޓެރިފްތައް އަލުން ނެގޭނެ އެހެން ގޮތްތަކެއް ހުރި ކަމަށާއި އެ ގޮތްތައް މެދުވެރިކޮށް މިހާރަށް ވުރެ ގިނަ ފައިސާ ހޯދޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ފަށަނީ
14 ގަޑިއިރު ކުރިން

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންކަން
15 ގަޑިއިރު ކުރިން

ޝެއިޚު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި
15 ގަޑިއިރު ކުރިން

މަސްޖިދުލް އަގުސާ ގައި ހުކުރު ނަމާދުކުރަން ޔަހޫދީން ހުރަސް އަޅައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)