logo

ޢުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

profile

ޝަހްޒާ މުޙައްމަދު - 24 ޖެނުއަރީ 2026 - 11:25

އުމްރާގެ އަޅުކަމަށް ރާއްޖެއިން ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ވައިކަރަދޫ މުޙައްމަދު ޙަސަންކަމަށް މައުކޫމާތުލިބިފައިވެއެވެ. އޭނާގެ އުމުރަކީ 86 އަހަރެވެ.

އޭނާ ނިޔާވެފައިވަނީ، މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ބަލި ހާލަތު ހުރިގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ، މިމަހުގެ 17 ވަނަ ދުވަހުއެވެ.

މުޙައްމަދު ޙަސަން ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރީ، މިމަހުގެ 9ވަނަ ދުވަހުއެވެ. އެއީ ޤިބްލަ އުމްރާ ގުރޫޕުން އުމްރާއަށް ދިޔަ މީހެކެވެ.

https://wamco.com.mv/

މި އަހަރުގެ މި ބޮޑު ޗުއްޓީއާއި ދިމާކޮށް 7،000 އަށް ވުރެ ގިނަ ދިވެހިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެ އިން ގިނަ ބަޔަކު އުމްރާއަށް ދާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މިޑް ޓާމް ބްރޭކުގައި ވެސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރިހަމަކުރި އެވެ.

އުމްރާއިން އެނބުރި މީހުން އަންނަ ދުވަސްރުކަމަށްވުމުން ،މިދުވަސްކޮޅު ގިނަ ބަލިތައް ފެތުރޭތީ އާންމުން ސަމާލުވުމަށް ކަމަާބެހޭ އިދާރާތަކުން ވަނީ އިރުޝާދުދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay