logo

ކާބޯތެކެތި ތައްޔާރުކުރުމުގެ މުބާރާތަކަށް ހުޅުވާލައިފި

profile

ޝަހްޒާ މުޙައްމަދު - 24 ޖެނުއަރީ 2026 - 11:13

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން ކާބޯތަކެތި ތައްޔާރު ކުރުމުގެ މުބާރާތެއްގައި ބައިވެރިވާން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ކުރި އިއުލާނެއްގައި ވަނީ ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށް ކަމަށެވެ. މުބާރާތަށް އިންސާފު ކުރުން އޮންނާނީ މި މަހުގެ 31 ގަ އެވެ.

މުބާރާތުގައި ބައިވެރި ކުރެވިދާނެ ބާވަތްތައް ފަސް ބަޔަކަށް ބަހާލާފައިވެ އެވެ.

  1. ހަވާދުގެ ބާވަތްތައް (10 ބާވަތެއް)
  2. އަސާރަތައް / މުރުއްބާ (6 ބާވަތެއް)
  3. ކެއްކިފަނި/ކަނދި (15 ބާވަތެއް)
  4. ސަޓަނި/ މަސްހުނި/ބޮނޑިބަތް ހިމެނޭ ފޮނިކާތަކެތި (26 ބާވަތެއް)
  5. ހެދިކާ (15 ބާވަތެއް)

މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހެރިޓޭޖް މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަމްބަރު 7699595 އިން ހޯދޭނެ ކަމަށް އެމިނިސްޓްރީއިން ބުންޏެވެ.

އެނިސްޓްރީން ބުނީ މި މުބާރާތުގެ މަގުސަދަކީ، ޒަމާނުއްސުރެ ރޯ ދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރޯދަ މަހު، ދިވެހީން އާންމުކޮށް ބޭނުން ކުރަމުން އަންނަ ކާބޯތަކެތި އޭގެ އަސްލާއެއްގޮތަށް އުފައްދައި، މުޖުތަމައުގައި އެ ތަކެތި އާލާ ކުރުން ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay