logo
އެމްއެންޑީއެފްގެ ޓްރެއިނިންގ ދެވަނ ބެޗުގެ 350 ދަރިވަރުން

އެމްއެންޑީއެފްގެ ޓްރެއިނިންގ ދެވަނ ބެޗުގެ 350 ދަރިވަރުން

އެމްއެންޑީއެފްގެ އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރަށް 350 ދަރިވަރުން

profile

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 11:13

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗު،ގެ ތަމްރީނުތަކަށް ދަރިވަރުން މިއަދު ފުރައިފި އެވެ.

https://wamco.com.mv/

ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަހްލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ވަރަށް ހާއްސަ ވަތަނީ މަޝްރޫއެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 350 ދަރިވަރުން ބައިވެރިވެ އެވެ. އެއީ 286 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންކަމަށް އެމްއެންޑީއެފްއިން މައުލޫމާުދެ އެވެ.

ތިން މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީނުގެ ބައިވެރިންގެ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ ހުންނަނީ ޅ.މާފިލާފުށީގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay