
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ރައީސް ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 03:15
ކަންކަން ނިންމުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީ، އިންސާފުވެރި ނަތީޖާއެއް ނެރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން ދެއްވި ހާއްސަ ތަގްރީރުގައި ރައީސް ވަނީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކުން މިހާތަނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި މަސައްކަތް ލަސްކުރުމަކީ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ތަގުރީރުގައި މުޖުތަމަޢުތަކަކީ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައެއް ކަމަށާއި، ފަރުތަކާއި، ކަނޑޫފާތަކާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ޤައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކަކީ ސައިންސާއި ސިޔާސަތުތައް އެކައްޗެއްގެ ގޮތުގައި އެކުލަވާލުމުގައި، ނާޒުކު ހާލަތްތަކުގައި ތިބި މީހުންގެ އަޑު އުފުލައިދިނުމުގައާއި، މުސްތަގުބަލުގެ މާހިރުންނާއި ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ތަންތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް، ނުވަތަ ވަކި ސަރަހައްދީ އިމަކަށް ބެލުމެއް ނެތް ކަމަކަށް ވާއިރު، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް، ޢިލްމީ މަސައްކަތްތަކެއް ކަމަށާއި، ގައުމީ ފެންވަރުގެ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒުކުރާ ހައްލުތަކަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ޒިޔާރަތުގައި ހިމެނިގެން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަންގައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި އިލްމީ މުއައްސަސާތަކުގެ ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ސިޔާސީގޮތުން އެއްބާރުލުން ހޯދުމަށް އިލްމީ އިދާރާތަކަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަހުވަދޫގައި ގާއިމްކުރި ޖިމް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި
10 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއުގެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
14 ގަޑިއިރު ކުރިން

ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި
15 ގަޑިއިރު ކުރިން

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް އީސީ އިން ގުރުއަތު ނަގައިފި
15 ގަޑިއިރު ކުރިން


