logo

މި އަހަރު ބޯން މެރޯއަށް 8 މިލިއަން ރުފިޔާ ހަރަދުކޮށްފި!

profile

މަރްޔަމް ލީމް އަބޫބަކުރު - 25 ނޮވެމްބަރު 2024 - 23:30

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި އަހަރު 8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން (އެންސްޕާ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން މި އަހަރު ތެރޭގައި ބޯން މެރޯ ހެދުމަށް 14 ކުދިން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އަދި އޭގެތެރެއިން 1 ކުއްޖަކު ނިޔާވެފައިވާއިރު، 3 ކުއްޖަކު އެއްކޮށް ފަރުވާ ނިމި ބަލިން ފަސޭހަވެފައިވެއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަށް ފޮނުވި ކުދިންގެ ތެރެއިން 8 ކުދިންގެ ޓްރާންސްޕްލާންޓް ނިމިފައިވާ ކަމަށް އެންސްޕާއިން ވިދާޅުވިއެވެ. އަދި 5 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވެއެވެ. ބޯންމެރޯ ހަދަން އެދި ހުށަހަޅާފައިވާ ކުދިންގެ ތެރެއިން ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އަދި ބޯން މެރޯ އޮޕަރޭޝަން ކުރުމަށްފަހު 3-6 މަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ތިބެން ޖެހޭކަންވެސް ފާހަގަކޮށްފައިވެއެވެ.

ޒަކާތު ފަންޑުގެ އެހީގައި މި ޕްރޮގްރާމް ހިންގުމަށް ނިންމި ނިންމުމަކީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގެ ބޭނުންތެރި ދާއިރާތަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުމަށް ފެށި މަސައްކަތެކެވެ.

https://wamco.com.mv/
tel:+9607331319