logo

ވޭތުވެދިޔަ ދެ އަހަރު ދަރިވަރުންނަށް ޒަކާތު ފަންޑުން 11 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ!

profile

އަހުމަދު ޒަލީފު - 28 ނޮވެމްބަރު 2023 - 11:19

--

--

މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިންވަރުންގެ ތެރެއިން ފައިސާއަށް ދަތިވެފައިވާ ފަރާތްތަކަށް ދޭން ފެށި ޒަކާތު ފަންޑު ފައިސާއިން ދެ އަހަރެއްހާ ދުވަސް ތެރޭގައި 11 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ކުރީގެ ވަޒީރު، ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ދުވަހު މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހިމް ރަޝީދު (ބޮންޑެ) ލިޔުމުން ކުރެއްވި ސުވާލުގެ ޖަވާބު މިއަދު މަޖިލީހުގެ ތަޅުމުގައި އަމީން އާންމު، ފާތުމަތު ނިއުޝާ ވަނީ އިއްވާފައެވެ. ވަޒީރު، އަހުމަދު ޒާހިރު އަލީ އާއި ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބު ލިބިފައިވަނީ އަހަރެއްހާ ދުވަސް ފަހުންކަން ބޮންޑެ ފާހަގަ ކުރެއްވިއެވެ.

ޒަކާތު ފަންޑުން އަހަރެއްގެ މައްޗަށް ކުރަމުން އަންނަ ހަރަދުތަކަކީ ކޮބައިތޯ ބެލުމަށް ބޮންޑެ ފޮނުވި ސުވާލުގެ ޖަވާބުގައި އަހުމަދު ޒާހިރު ވިދާޅުވީ، ޒަކާތު ފަންޑުގެ ދަށުން ކިޔަވާ ދަރިވަރުންނާއި ފައިސާ ހަވާލު ކުރަނީ އެ ވުޒާރާއިން ކަމަށާއި އެސްކޯލަރޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދަރިވަރުންގެ އަމިއްލަ އެކައުންޓަށް، ކޯސްފީގެ ގޮތުގައި ދެވޭ ފައިސާ ކޮލެޖް ނުވަތަ ޔުނިވާސިޓީގެ އެކައުންޓަށް ޖަމާ ކުރާ ކަމަށެވެ.

ޔުނިވާސިޓީތަކަށް ފައިސާ ޖަމާކުރަނީ ޔުނިވާސިޓީތަކުން އެމަހެއްގެ އިންވޮއިސް ފޮނުވުމުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ހާމަ ކުރެއްވި ގޮތުގައި ވޭތުވެދިޔަ ޒަކާތު ފަންޑުގެ ދަށުން ވަނީ 11 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައެވެ.

ޒަކާތު ފަންޑުން ކިޔެވުމަކީ މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް، ހާއްސަ އެހީއަށް ހުށަހެޅުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ.

https://int.etukuri.mv/
tel:+9607331319