logo

5000 ރުފިޔާގެ އެލަވަންސަކާއެކު އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

profile

އައިޝަތު އިނާޝާ - 21 ނޮވެމްބަރު 2024 - 19:50

Take-on-an-apprentice.png

Take-on-an-apprentice.png

އަންހެނުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ބުނިގޮތުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއާ ގުޅިގެން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް އެޕްރެންޓިސް ޕްރޮގްރާމްގައި ޖުމްލަ ހަތް ދާއިރާ ހިމެނެއެވެ. މި ޕްރޮގްރާމްއިން ފުރުސަތު ދޭނީ ޖުމްލަ 18 ބައިވެރިންނަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެޕްރެންޓިސް ޕްރޮގްރާމްގެ ދާއިރާތަކާއި ޖާގަ ދީފައިވާ އަދަދު:

· ވެލްޑިންގ – 4 ޖާގަ

· ކާޕެންޓަރ – 2 ޖާގަ

· މެޝިނިސްޓް – 2 ޖާގަ

· މެރިން މެކޭނިކް (މެރިން އިންޖިނިއަރިންގ) – 2 ޖާގަ

· އިލެކްޓްރިޝަން (އިލެކްޓްރިކަލް އިންޖިނިއަރިންގ) – 3 ޖާގަ

· މެކޭނިކް (ވެހިކަލް ރިޕެއަރ) – 2 ޖާގަ

· އެއަރ ކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން – 3 ޖާގަ

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ..

މި ޕްރޮގްރާމަކީ މަސައްކަތުގެ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މީހުން ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިންވެސް އެމް.ޕީ.އެލްއިން އިން ވަނީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://rb.gy/dvg46c ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ނޮވެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

https://wamco.com.mv/
tel:+9607331319