logo

ޕާކިސްތާނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 20 މީހުން މަރުވެއްޖެ

profile

އަހުމަދު ޒަލީފު - 04 މޭ 2024 - 16:59

ޕާކިސްތާނުގައި ބަސް އެކްސިޑެންޓެއް ހިނގާ ގިނަ ބަޔަކު ވަނީ މަރުވެފައި

ޕާކިސްތާނުގައި ބަސް އެކްސިޑެންޓެއް ހިނގާ ގިނަ ބަޔަކު ވަނީ މަރުވެފައި

ޕާކިސްތާނުގައި ފަރުބަދަމަތީ ސަރަޙައްދަކުން ދަތުރު ކުރަމުން ދިޔަ ބަހެއް ފުރޮޅައިލައި ހިނގި އެކްސިޑެންޓެއްގައި, 20 މީހުން މަރުވެއްޖެއެވެ.

މިި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ އުތުރުގައި އޮންނަ ގިލްގިތް-ބަލްތިސްތާންގެ ރަށެއް ކަމުގައިވާ ދިއަމަރުގައެވެ. މި ހާދިސާގައި ބަހުގައި ދަތުރު ކުރި ފަސިންޖަރުންގެ ތެރެއިން އިތުރު 21 މީހަކު ޒަޚަމުވެ, ފަރުވާ ދޭން ޖެހުނެވެ.
ފަރުބަދަމަތީ މަގުން ދަތުރު ކުރަނިކޮށް ކޮންޓްރޯލް ގެއްލި މަގުން ބޭރަށް ވެއްޓިފައި ވަނީ އިރުމަތީ ޕުންޖާބް ޕުރޮވިންސުން ފުރައިގެން ގިލްގިތް-ބަލްތިސްތާނަށް ދަތުރު ކުރަމުން ދިޔަ ބަހެކެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގައެވެ. ގިލްގިތް-ބަލްތިސްތާންގެ ސަރުކާރުގެ ތަރުޖަމާނު ފާއިޒުالله ފިރާޤު ވިދާޅުވީ, މަގުން ބޭރަށް ވެއްޓުނު ބަސް, ފަރުބަދަމަތީ ސަރަޙައްދުގެ ވަރަށް ތިރިއަށް ވެއްޓިފައިވާ ކަމުގައެވެ.

މި ހާދިސާ ހިނގުމާ އެކު, ބަހުގައި ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން ސަލާމަތް ކުރުމަށް ސަރުކާރުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި ޒަޚަމުވި 21 މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނަކީ މި ފަދަ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓުގެ ޢަދަދު ގިނަ ޤައުމެކެވެ. މި ކަމަށް މެދުވެރިވާ އެއް ސަބަބަކީ, މަގުމަތީގެ ޤަވާޢިދުތަކާ ޚިލާފުވުމާއި މަގުތަކުގެ ހާލަތެވެ. ރަށްފުށު ސަރަޙައްދުތަކުގެ ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާފައެއް ނުވެއެވެ.

https://int.etukuri.mv/
tel:+9607331319