logo

"އޯކޭ" މި ލަފުޒު އުފެދުނީ ކިހިނެތް؟

profile

އަހުމަދު ޒަލީފު - 04 މާރިޗު 2023 - 07:00

----

----

''އޯކޭ'' މި ލަފުޒަކީ އިނގިރޭސި ބަހުގައި އެންމެ އާއްމުކޮށް ބޭނުން ކުރެވޭ އެއް ލަފުޒެވެ. ކަމަކަށް އެއްބަސްވުމުގެ ގޮތުން ބޭނުން ކުރެވޭ މި ލަފުޒަކީ ވެސް ދިވެހީންނަށް ވެސް އެންމެ ގިނަ އިން ބޭނުން ކުރެވޭ އެއް ލަފުޒެވެ.

''އޯ ކޭ'' މި އަކުރުތަކުގެ ދިގު ގޮތަކީ އޮއްލާ ކައްލާއެވެ. މިއީ ގްރީކް ލަފުޒެކެވެ. މީގެ މާނައަކީ ''އޯލް ކަރެކްޓް'' އެވެ. މި ލަފުޒު އުފެދިގެން އައީ ކިހިނެއް ކަން އެނގޭ ހެއްޔެވެ؟

މިއީ 1839 ވަނަ އަހަރު އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ޗާލްސް ގޯޑަން ގްރީން ލަފުޒުތަކުގެ ކުރު ގޮތް (އެބްރިވިއޭޝަން) ހެދި ދުވަސްވަރު އައި ލަފުޒެކެވެ. ''އޯ ކޭ'' އެންމެ ފުރަތަމަ ބޭނުން ކުރެވިފައިވަނީ 1839 އަހަރު ބޮސްޓަން މޯނިން ޕޯސްޓުގައި ޝާއިއު ކުރި ލިޔުމެއްގައި ގަވާއިދުގެ މައްސަލައަކާއި އެކު "Oll Korrect" މި ލަފުޒެވެ.

1840 ވަނަ އަހަރު އެމެރިކާގެ އިންތިހާބުގެ ކެމްޕެއިންތަކުގައި ރައީސް މާޓިން ވޭން ބްރެން ވަރަށް ގިނައިން ''އޯކޭ'' މި ލަފުޒު ބޭނުން ކޮށްފައިވެއެވެ. މީގެއިތުރުން ''އޯކޭ ކްލަބް'' ގެ ނަމުގައި ކުލަބެއް ގާއިމްކޮށް ''އޯކޭ'' މި ލަފުޒު ދެ ގޮތަކަށް ބޭނުން ކުރެވެން ފެށިއެވެ.

މި ދެ ލަފުޒުން ވެސް ނެގޭ މާނައަކީ ''އޯލް ކަރެކްޓް'' ކަމުން މި ލަފުޒު އެ ގޮތުގައި ބޭނުން ކުރަން ފެށުނީއެވެ.

''އޯކޭ'' މި ލަފުޒަކީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނައިން ކިޔޭ އަދި ލިޔުމުގައި ވެސް އެންމެ ގިނައިން ބޭނުން ކުރެވިފައިވާ ލަފުޒު ކަމުގައި ކަނޑައެޅިފައިވެއެވެ.

tel:+9607331319